ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބެކިއު އޭރިއާއެއް އެޗްޑީސީން ގާއިމުކޮށްފިއެވެ.
މި ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް ބާއްވާފައެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި އިވެންޓުގައި ހިޔާ ކޮމިއުނިޓީ ތަކުގެ އިން ބޭފުޅުންނާއި, އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
Post Views: 76