ލެކްޗަރާއިންގެ މުސާރަ ބޮޑުކުރުމާއެކު އެ ދާއިރާއަށް އޮތް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ލެކްޗަރާއިންގެ މުސާރައަށް ބަދަލުތައް ގެނެސްފައިވަނީ އިގްތިސާދާއި، މާލީ ހާލަތު އޮތް މިންވަރަށް ބަލައި އެންމެ ރަނގަޅަށް ކަމަށެވެ.
މިގޮތުން އަމީރު ވިދާޅުވީ، މުސާރައަށް އައި ހެޔޮ ބަދަލާއެކު ދާއިރާއަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، އެ ދާއިރާއިން ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރުމުގެ ބަދަލުގައި ފުލްޓައިމްކޮށް ވަޒީފާ އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ލެކްޗަރާއިންގެ މުސާރަ މި ހިނގާ މާޗު މަހުން ފެށިގެން ބޮޑުކުރަން ނިންމާ، އަންނާނެ ބަދަލުތައް އިއުލާންކޮށްފައިވާއިރު، އަންނަ މަހުން ފެށިގެން ލެކްޗަރާއިންނަށް ލިބޭނީ ބޮޑު މުސާރައެކެވެ.