ޕޯސްޓް މެދުވެރިކޮށް ގެނައި ކެނަބިސް އަތުލައިގަނެފި

large_156406089118aU6D

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު 120 ގްރާމް ކެނެބިސް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ، މި މަހުގެ ހަތް ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް އެކްސްރޭ ކުރުމުގެ ތެރޭގައި، ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު ހިކި ފަތްތަކެއް ފެނިގެން އެތަކެތި ތަހުލީލު ކުރުމުން ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މަސްތުވާތަކެތި ހުރި ޕެޖޭކުޖައި ޕެކިނާއެކު 120 ގްރާމް ހުރިކަން ފާހަގަކޮށް ކަސްޓަމްސް އިން ބުނީ، އެތަކެތީގެ މަގުމަތީ އަގު 96،000 ރުފިޔާއަށް އަރާނެ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މަސްތުވާތަކެތި ފެނުނު ޕެކޭޖު ވަނީ ފުލުހުންނާ ހަވާލު ކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *