މިދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑް-19 ގެ 16 ކޭސް ރިޕޯޓްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، މި ހިނގާ މާޗު މަހުގެ 19 އިން 25 ގެ ނިޔަލަށް ރާއްޖެއިން ކޮވިޑް-19 އަށް 16 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 12 ކޭސްއަކީ ގްރޭޓަރ މާލެ ސަރަހައްދުން ފެނުނު ކޭސްތައް ކަމަށެވެ.
މީގެއިތުރުން އަތޮޅު ތެރެއިން ކޮވިޑްގެ ހަތަރު ކޭސް ފެނިފައިވާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދެ މީހަކަށް އަންނަނީ ފަރުވާ ދެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑްގެ 185،771 ކޭސް މިހާތަނަށް ފެނިފައިވާއިރު، ބަލީގައި މަރުވެފައި ވަނީ 311 މީހުންނެވެ.
Post Views: 112