އއ.މާޅޮސް ބަނދަރު ހެދުން: ޖެޓީގެ ބީމް ޝަޓަރިންގ މަސައްކަތް ކުރިއަށް

photo_2023-04-09_10-18-39

އއ.މާޅޮސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ޖެޓީގެ ބީމް ޝަޓަރިންގ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަސް ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ މަޝްރޫއަށް 61.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *