ހިޔާ ގްލެޓްގައި އުޅޭ ބައެއްގެ ނާތަހުޒީބުކަމުން، އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް!

large_168081206360Jf1H

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން މިހާރަކަށް އައިސް އިތުރުވެފައިވާއިރު، މީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ދަނީ ނުރައްކަލަށް ހުށަހެޅުމުންނެވެ.

ހިޔާ ޓަވަރުތަކުގެ ފްލެޓްތަކުގައި މިގޮތަށް އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވަނީ ފްލެޓުގައި އުޅޭ މީހުން ސިނގިރޭޓް ބުއިމަށް ފަހު، އޭގެ ފިލްޓަރު ނިއްވާ ނުލާ ތިރިއަށް އެއްލާތީއެވެ. މިގޮތުން އެއްލާލާ ފިލްޓަރު ގޮސް ފްލެޓްތަކުގެ ބެލްކަނީގައި ހުރި ކުނީގައި ނުވަތަ އެހެން ފްލެޓެއްގެ ތެރެއަށް ވަޔާއެކު ދަނީއެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހަކު "ތޭވީސް" އާ ވާހަކަދައްކަމުން ބުނީ، ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެހެން މީހުންނާމެދުވެސް ވިސްނަން ޖެހޭ ކަމަށާއި، މިގޮތަށް ކުރާ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.

"ބެލްކަނީގައި ހުންނައިރު ބައެއް ފަހަރު ފެނޭ ނިއްވާ ނުލާ ހުންނަ ސިނގިރޭޓް ފިލްޓަރު ވައްޓާލާތަން. ވަރަށް ގިނައިން ފެނޭ" ތޭވީސްއަށް މައުލޫމާތު ދިން މީހާ ބުނިެއވެެ.

މިކަމާ ގުޅިގެން އާބަންކޯގެ މެނޭޖަރ، ޕަބްލިކް ރިލޭޝަންސް އަހުމަދު މިމްރާހު ވިދާޅުވީ، ސިނގިރޭޓް ފިލްޓަރު އުކާ ފްލެޓްތައް ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރާނެ ކަމަށާއި، އަދި އެފަދަ ފްލެޓްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

"ފުލުހުންނާ ގުޅިގެން މައްސަލަ ބަލައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން" މިމްރާހް ވިދާޅުވިއެވެ.

އާބަންކޯއިން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރި ކަމަށް ކަމަށާއި، ބައެއް ފަރާތްތަކުން ކުރާ މިކަހަލަ ކަންކަމުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *