މި މަހު ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

batch_big_CBO26i6vKOovz0iJQpTNgJ1Vb

މި ހިނގާ އެޕްރީލް މަހު ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި މަހު 1 އިން 19 ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖެއަށް 102،462 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް އެޕްރީލް މަހު ދުވާލަކު އެވްރެޖުކޮށް 5،393 ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖެ އަންނަ ފަތުރުވެރިން 7.9 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް މި އަހަރު މިހާތަނަށް 626،392 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *