މި މަހު 11 އަކީ ރެކޯޑު އަދަދަކަށް ކަރަންޓް ބޭނުންކުރި ދުވަހެއް!

male-curfew-672x428

މާލެ ސަރަހައްދުން މި ހިނގާ އެޕްރީލް މަހު 11 ވަނަ ދުވަހު ރެކޯޑު އަދަދަކަށް ކަރަންޓް ބޭނުން ކޮށްފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަހުގެ 11 ވަނަ ދުވަހު 92.5 މެގަވޮޓަށްވުރެ މަތިން ކަރަންޓް ބޭނުން ކޮށްފައިވާ ކަމަށާއި، މިއީ މިހާތަނަށް މާލެ ސަރަހައްދުން އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަސް ކަމަށެވެ.

"ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ކަރަންޓް ބޭނުންކުރާވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ" ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ސްޓެލްކޯގައި 120 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބުނު ނަމަވެސް ކަރަންޓް އިގްތިސޯދު ކުރުމަށް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމާއެކު، ކަރަންޓް ބޭނުންކުރާވަރު ވަނީ އިތުރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *