ހިޔާ ފްލެޓްގެ ކުއްޔަށް ހެޔޮ ބަދަލެއް ގެންނަން ސަރުކާރުން ނިންމައިފި

278312_3_d44895bb65f405db00bcec7634952153a45e6c02_medium

ސިޔާ ފްލެޓަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދަށް ހެޔޮ ބަދަލެއް ގެންނަން ސަރުކާރުން ނިންމައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ހިޔާގެ ކުއްޔާ ގުޅޭގޮތުން ހިޔާ ޔޫނިއަންއާއެކު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، ހިޔާގެ ކުއްޔަށް ލުއި ގޮތެއް ހޯދައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ރައީސް ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ ހިޔާ ފްލެޓްތަކުގެ އިންސްޓޯލްމަންޓް މުއްދަތު އިތުރުކޮށް، މިހާރު ކުއްޔަށް ނަގަމުން އަންނަ 7،500 ރުފިޔާ 5،300 އަށް ކުޑަކުރުމަށެވެ.

މިކަމާ ގުޅޭގޮތުން އާބަންކޯ އިން ބުނީ ހިޔާ ފްކެޓްތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައް އެ ކުންފުންޏާއި ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި، އަދި މިކަމުގައި ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *