ސާވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ބައްދަލުވުމުގައި މެޑަމް ފަޒްނާ

290686_d3942898-9_

ސަރވިކަލް ކެންސަރު ނައްތާލުމަށް އަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ މަޝްވަރާ ބައްދަލުވުން "ފަޔަރސައިޑް ޗެޓް" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިންނަށް އަމާޒުކޮށްގެން "އިންސްޕަޔަރިންގ ޗޭންޖް ޓު އެކްސެލެރޭޓް ސަރވިކަލް ކެންސަރ އެލިމިނޭޝަން އިން ދަ ކޮމަންވެލްތު" ޝިއާރުގެ މައްޗަށެވެ. އަދި މި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ރުވާންޑާގެ ރައީސްގެ އަނބިކަނބަލުން ޖެނެޓް ކަގާމޭއެވެ.

މި މަޝްވަރާތަކުގެ މަގުސަދަކީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިން އެއްތަންވެ، ކޮމަންވެލްތު ޤައުމުތަކުގައި ސަރވިކަލް ކެންސަރު އިތުރުވާ މިންވަރާމެދު ހޭލުންތެރިކަން އިތުރުކޮށް، ސަރވިކަލް ކެންސަރު ނައްތާލުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ.

މި ބައްދަލުވުމާއި އެއް ވަގުތެއްގައި، ކުރިޔަށްގެންދިޔަ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރިޕަބްލިކް އޮފް ރުވާންޑާގެ ރައީސް ޕައުލް ކަގާމޭއެވެ. ކޮމަންވެލްތު ޤައުމުތަކުގެ ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *