ރާއްޖެ އާއި ސާބިއާއާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

Fvr-8zmacAAmw5R

ރާއްޖެ އާއި ސާބިއާއާއި ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސާބިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސޮއިކުރައްވާފައި ވަނީ ސާބިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުކުރުމާއި، އިގްތިސާދާއި، ޑިޕްލޮމެޓިކް ތަޢުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާގެ އެއްބަސްވުމެއްގައެވެ.

ރާއްޖެއާއި ސަރބިއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުންތައް

1- އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުން
2- ވައިގެ ޚިދުމަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
3- ކުޅިވަރުގެ ދާއިރާއިން ދެޤައުމުގެ ދެމެދު ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުން
4- ޑިޕްލޮމެޓިކް ތަޢުލީމުގެ ރޮނގުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެ އާއި ސަރބިއާއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްތަކަށް އާ މާކެޓެއް ލިބި، ސަރބިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ވައިގެ ޚިދުމަތުގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ސޮއި ކުރެވުނު އެއްބަސްވުމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ސާރބިއާގައި ތަމްރީނުވެ ތަޖުރިބާ ހޯދުމަށް އައު ދޮރުތަކެއް ހުޅުވި ދިވެހި ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށައި، އަދި ޑިޕްލޮމެޓިކް ތަޢުލީމުގެ ރޮނގުން ސޮއިކުރެވުނު އެއްބަސްވުމަކީ ދެ ގައުމުގެ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ ދެ ޤައުމުގެ ފޮރިން ސަރވިސް އޮފިސަރުންނަށް ތަމްރީނާއި ތަޖުރިބާ ލިބިގެންދާނޭ ފުރުސަތެއް ކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *