ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ހިދުމަތްތައް ދަނީ ތަރައްގީކުރަމުން: މިއުވާން

291869_f8ab0a86-3_

ޞިއްޙީ ހިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބައެއް ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ހިދުމަތްތައް ތަރައްގީކުރަމުން އަންނަކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ތަޢާރަފް ކުރައްވާފައިވާ ބައެއް އާ ޚިދުމަތްތަކަށް އަލިއަޅުވާލައްވަމުން މިއުވާން ވަނީ ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ލެޕްރޮސްކޯޕިކް ސާރޖަރީ ގެ ޚިދުމަތާއި، އެޑްވާންސް ވޫންޑް ކެއަރ ގެ ޚިދުމަތާއި ކީމޯ ތެރަޕީ ގެ ޚިދުމަތް ފަށާފައިވާކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ކީމޯގެ ޚިދުމަތް މިހާރު ތިނަދޫގައި ފަށާފައިވާކަމަށާ ލެޕްރޮސްކޯޕިކް ސާޖަރީ ހިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީޒް ވެސް މިހާރު ތިނަދޫގައި ޤާއިމުކޮށްފައިވާކަން މިޢްވާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލެބޯޓްރީ ޤާއިމުކޮށްފައިވާ 112 ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ލޭއެޅުމަށް ބޭނުންވާ ތަކެތި ރަށްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ވެސް މިޢްވާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރާތްތަކާއެކު މިދިޔަ އަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *