ޗާގޯސް މައްސަލާގައި އިދިކޮޅުން ކުޅެނީ ޑްރާމާއެއްކަން ސާފުވެއްޖެ: މަހްލޫފް

Mahloof-575x340

ޗާގޯސް މައްސަލައިގައި އިދިކޮޅުން ކުޅެނީ ޑްރާމާއެއްކަން ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗާގޯސް މައްސަލާގައި އިދިކޮޅުން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގަ ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަގީންވާކަމެއް ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބެއް ކަމަށާއި، މޮރިޝަސްގެ މައްޗަށް ގަދަވީ ކުޑަކުޑަ ރާއްޖެ ކަމަށް މިނިސްޓަރ މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި ހަގީގަތް އޮޅުވާނުލުމަށްވެސް މިނިސްޓަރ ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ކަރުގައި އަޅުވަންވީ މާފަތިކަން ފާހަގަކޮށް މިނިސްޓަރ މަހްލޫފް ވިދާޅުވީ، ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ޖަމަލު ފޮޑިއަކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *