އެމްޑީޕީ ޕީޖީ ގްރޫޕުން އާޒިމްއަށް ފިޔަވަޅު އަޅަން ފޮނުވައިފި

020542-batch_20img_208961

މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ޕާޓީގެ ސެކްރެޓޭރިއެޓްގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ސިޓީއެއް ފޮނުވައިފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރ އާޒިމްއަށް ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެންނެވެ.

މިގޮތުން އާޒިމްއަށް ފިޔަވަޅު އެޅުމަށް އެދިފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާ އާއި އެ ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާއާ އޭނާ ހިލާފުވެފައިވާ ކަމަށް ބުނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެޓާނީ ޖެނެރަލް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ 15 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައިވާއިރު، މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެވެ.

Leave a Reply

Your email address will not be published. Required fields are marked *