ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ހދ.ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް އިސްލާމިކް މިނިސްޓަރު ފައްޓަވައިދެއްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހދ. ހިރިމަރަދޫގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހދ. ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަވާލުކޮށްފައިވާ މި މިސްކިތް ހެދުމަށް 8.75 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި މި މިސްކިތަށް ހަރަދުކުރާނީ ދައުލަތުގެ ބަޖެޓުންނެވެ.

ޖުމްލަ 300 މީހުންގެ ޖާގައިގެ މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭ ބަޔަކާއި، ވުޟޫކުރާ ތަނަކާއި، ގުދަން އަދި ފާހާނާގެ އިތުރުން މުންނާރެއްވެސް ހުންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *