މިނިސްޓަރ އިމްރާން އާއި ކޮމިޝަނަރ އޮފް ޕޮލިސް މުލަކަތޮޅަށް

photo_2023_05_29_10_39_01_d4f7396e3b

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މުލަކަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލައްވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މިއަދުން ފެށިގެން މި މަހު 30 އަށް ކުރައްވާ މި ދަތުރުފުޅަކީ މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމާއި މަޑުއްވަރީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ދަތުރުގައި ބައިވެރިވެލައްވާ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، މުލަކަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކުރައްވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *