ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ބޭނުންވާ އިކުއިޕްމަންޓްތައް ގެނެސްފި

FylFu2taAAAnOfM (1)

މާލެ އާއި ވިލިމާލޭގައި ގާއިމުކުރަމުންދާ ޒަމާނީ އައު ވޭސްޓް ޓްރާސްފަރ ސްޓޭޝަނަށް ބޭނުންވާ އިކިއުޕްމަންޓާއި، ވެހިކަލްތައް ރާއްޖެ ގެނެސްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި ތަކެތި މިދިޔަ ހޮނިހިރު ދުވަހު ތިލަފުއްޓަށް ގެންދެވިފައިވާ ކަމަށާއި، މިއީ މާލެ އާއި ވިލިމާލޭ ސްޓޭޝަންގެ މަސައްކަތް 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ނިންމާ، ޙިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ގެނެސްފައިވާ އިކުއިޕްމަންޓްތައް ކަމަށެވެ.

މިއީ ޒަމާނުއްސުރެ މާލޭ އަދި ވިލިމާލޭގައި ކުނި މެނޭޖްކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތައް ނައްތާލުމަށްޓަކައި ބޭރުގެ ފަންނީ މާހިރުންގެ ލަފާއާއި އެކު ތައްޔާރުކޮށްފައިވާ 'ގްރޭޓަރ މާލޭ ވެސްޓް ކަލެކްޝަން ސްޓްރެޓަޖީ' ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ، އެކަމަށް ހާއްސަ މެޝިނަރީ އަދި އިކުއިޕްމަންޓްތައް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

މާލެ އަދި ވިލިމާލޭގައި ބޭނުންކުރުމަށް އަލަށް ގެނެވުނު ޙާއްސަ ބައެއް އިކުއިޕްމަންޓްގެ މައުލޫމާތު:

ބޭނުން އިކުއިޕްމަންޓް
ރޯލް ޕެކަރަކީ އޯޕަން ހައި ވޮލިއުމް ކޮންޓެއިނަރެއްގައި ހުންނަ މެޓީރިއަލްގެ ވޮލިއުމް ކޮމްޕެކްޓްކޮށް (ފިއްތާލައިގެން) ދަށްކޮށްދޭ އެއްޗެކެވެ. ކްރަޝިން އާއި ކޮމްޕެކްޝަން ކުރިއަށް ގެންދަނީ ހާއްސަކޮށް ހަދާފައިވާ ވަރުގަދަ ޕެކިން ރޯލަރެއްގެ މޫވްމަންޓް ގެ ޒަރިއްޔާއިން ލޭޔަރުތަކަކަށް ބަހާލައިގެންނެވެ. ރޯލަރ ޕެކަރ
ވީލް ލޯޑަރަކުން ތަކެތި އުފުލައި ތިރިކުރުމަށް އޭގައި ހުންނަ އަތް ބޭނުންކުރާއިރު، ބެލް ކްރޭންކެއް ބޭނުންކޮށްގެން އޭގެ އަނގަ ހުޅުވައި ބަންދުކުރެއެވެ. ވީލް ލޯޑަރުން ގާތްގަނޑަކަށް ކުނި، ހިރަފުސް، ފަސްގަނޑު، ކުނި، ޕެލެޓް ފަދަ ތަކެތި ފަސޭހަ ކަމާއި އެކު އުފުލޭނެ އެވެ. ވީލް ލޯޑަރު
އާމް ރޯލް ޓްރަކްގައި ކޮންޓެއިނަރެއް ލޯޑްކޮށް އަންލޯޑް ކުރުމަށް ސްޓީލް އާމް އެއް ހުރެ އެވެ. އަދި މިއީ ޓްރާންސްފަރ ސްޓޭޝަންގައި ހުންނަ ކޮންޓޭނަރު އުފުލުމަށް ބޭނުންކުރާ އުޅަނދެކެވެ. އާމް ރޯލް ޓްރަކް
ޓްރާންސްފަރ ސްޓޭޝަންގައި ކުނި މެނޭޖްކުރާ ސަރަހައްދު ސާފުކޮށް ބޭއްވުމަށްޓަކައި ބޭނުންކުރާ ވެހިކަލްއެއް. ސްޓްރީޓް ސްވީޕަރ (ޓްރަކް)

 

މީގެއިތުރުން ފޯކްލިފްޓް، ކުނި އުފުލުމަށް ހާއްސަ ކޮންޓޭނަރު، މޯބައިލް ކޮންވޭޔަރ އަދި ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ރައްކާކުރާ ފިޔުލް ސްޓޯރޭޖް ޔުނިޓެއް ވަނީ ގެނެސްފައެވެ. އަދި މި އިކިއުޕްމަންޓްތަކާއި، ވެހިކަލްތަކަށް 3.2 މިލިއަން ޑޮލަރު ހަރަދުވި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ކުރިޔާ ޚިލާފަށް، މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ފަރުމާކުރެވިފައި ވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާލެވިފައިވާ، ކުނި ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލާ ގޮތަށެވެ. މިގޮތުން މާލެ އަދި ވިލިމާލޭގައި ޤާއިމްކުރަމުންދާ ޓްރާންސްފަރ ސްޓޭޝަންގައި ބޭނުންކުރުމަށްޓަކައި މުޅިން އައު ކޮންޓޭނަރު ތަކާއި، އެކޮންޓޭނަރު އުފުލުމަށް ބޭނުންވާ 'އާރމް ރޯލް ޓްރަކް' ވެހިކަލްތަކާއި އާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ޙާއްސަ 'ރޯލް ޕެކަރ' ތައް ވެސް ވަނީ އެތެރެކުރެވިފައެވެ.

މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އާއި، ވިލިމާލޭގައި ޤާއިމްކުރަމުންދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނޭހެން ފަރުމާކުރެވިފައިވާ އިމާރާތްތަކެކެވެ. މީގެ އިތުރުން މިސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ތިލަފުއްޓަށް އުފުލުމަށް މިއައު ޓްރާންސްފަރ ސްޓޭޝަންތަކުގެ ދައުރު ވަރަށް ބޮޑެވެ. އަދި މިސަރަހައްދުގެ ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންތަކުގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި އަދި  ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *