އެމެރިކާގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވައިފި

large_168698538820PIks

އެމެރިކާގެ ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފިއެވެ.

އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުއެވެ. މި ރަސްމިއްޔާތުގައި އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމެރިކާގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވުމުގެ ޝަރަފު ލިބުމުން ނުހަނު އުފާކުރާ ކަމަށާއި، މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތައް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި މުހިންމު ފިޔަވަޅުގެ ސަބަބުން ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އާއި އެމެރިކާއިން ދެ ގައުމުގައި އެމްބަސީ ހުޅުވުމަށް ނިންމީ 2020 ގައި އެމެރިކާގެ ކުރީގެ ފޮރިން މިނިސްޓަރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *