ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމަށް އެމްޑީޕީން މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އިން މަޖިލީހުގެ ޖަލްސާއެއް ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވަން ހުށަހަޅާފައި މިވަނީ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމުނުއިރު ގިނަ މަސައްކަތްތައް ނުނިމޭތީއެވެ.
މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީފް ވިދާޅުވީ، މަޖިލީހުގެ 29 މެމްބަރުންގެ ސޮޔާއެކު ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާގޮތުގެމަތީން ދައުރުން ބޭރުން ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހަޅައިފި pic.twitter.com/gSwHk3jKYU
— Mohd Abdulla Shafeeg (@mashafeeg) June 22, 2023
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން، ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދި ވާނީ ހުށަހަޅާފައި. މަޖިލީހުގެ ތިންބައިކުޅަ އެއްބައި އަޣުލަބިއްޔަތުން ހުށަހަޅައިފިއްޔާ 24 ދުވަހުގެ ތެރޭގައި އެޖަލްސާ ބާއްވަން ޖެހޭނެ ކަމަށް ގަވައިދު ބުނޭ" މުހައްމަދު ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ފޮނުއްވި ސިޓީއެއްގައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރުވެރިވެވަޑައިގެންނެވި ޔަސް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ހ)ގެ ދަށުން ހެއްދެވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.