މާލޭ ސިޓީ ކައުންސިލްގެ އެސްޖީއަށް ދައުވާކޮށްދޭން އޭސީސީން އެދިއްޖެ

މާލޭ ސިޓީ ކައުންސިލްގެ އެސްޖީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޖުތަބާ ޖަލީލުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކަރަޕްޝަން ކޮމިޝަން (އެސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޖުތަބާއަށް ދައުވާކޮށްދޭން އެދިފައި ވަނީ އެ މަގާމުގައި ހުރެ އޭނާ ހިންގެވި ކޮރަޕްޝަންގެ ަމަލެއްގެ ތުހުމަތުގައެވެ.

އޭސީސީން މުޖުތަބާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނަވާ، އެތަނުގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒއިންގެ މަސައްކަތް އުސޫލުތަކާއި ހިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

"2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ ސީއީއޯ ކަމުގެ މަގާމުގައި އޭރު ހުންނަވައިގެން މުޖްތަބާ ސޮއިކޮށް އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއާއެކު ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ ކޯޓޭޝަންތަކެއްކަން ތަހުގީގަށް އެނގިފައިވޭ" އެސީސީން ބުންޏެވެ.

މީގެއިތުރުން ހުށަހަޅާފައިވާ ކޯޓޭޝަންތަކަކީ މުޖުތަބާއާ ގުޅުން އޮންނަ ވިޔަފާރިތަކުގެ ކޯޓޭޝަންތައްކަން ތަހުގީގުން ހާމަވެފައިވާ ކަމަށްވެސް އޭސީސީން ބުނެފައެވެ.

މުޖުތަބާގެ މައްޗަށް ކޮށްދިނުމަށް އޭސީސީން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ

Leave a Reply

Your email address will not be published. Required fields are marked *