ރައީސްގެ ކެމްޕޭން ސްލޯގަން: "އުފާވެރި އަމާން ރާއްޖެ"

ADH_0747-1672862489610_s1l77y-q0g50r3smxt2fbzq58eou8d6hdbab5xokc17diuhio-q4ukg4fxxu0th8c9ve1ivlf63gjz65hf8nvdm3u71s

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންކުރައްވާނެ ޝިއާރަކީ "އުފާވެރި އަމާންރާއްޖެ" ކަމަށް ކަނޑައަޅައިފިއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ޝިއާރު "އުފާވެރި އަމާންރާއްޖެ" ހިމެނޭ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ ގިނަ މީހުން އަންނަނީ އެ ޝިއާރު ހިމެނޭ ފޮޓޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގެ ޕްރޮފައިލް އަދި ކަވަރ އަށް ލަމުންނެވެ.

އީދު ބަންދަށް ފަހު ރައީސް ސޯލިހުގެ ކެމްޕޭން ރަސްމީކޮށް ފައްޓާނެކަން އިއުލާން ކޮށްފައިވާއިރު، ކެމްޕޭން ރަސްމީކޮށް ފެއްޓުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޑީޕީން އަންނަނީ ވަމުންނެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އިން ވަނީ ކޯލިޝަން ހަދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *