ރާއްޖޭގައި ތަރައްގީގެ 9 މަޝްރޫއެއް ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި

Screenshot 2023-07-11 at 19.22.49

ރާއްޖޭގައި ތަރައްގީގެ ނުވަ މަޝްރުއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފިއެވެ.

އިންޑިއާއިން ރާއްޖޭގައި ހިންގާ ނުވަ މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އިބްރާހީމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މޫނޫ މަހާވަރެވެ.

އިންޑިއާއާއެކު ރާއްޖެއިން ސޮއިކޮށްފައި ވަނީ އުނގޫފާރުގެ ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޔުނިޓެއް ގާއިމުކުރުމާއި، ށ.ކަނޑިތީމުގައި ވޮލީ ކޯޓެއް ގާއިމުކުރުމާއި، މ.ދިއްގަރުގައި ގޭދޮށު މަސް ފެކްޓްރީއެއް ގާއިމުކުރުމާއި، ށ.ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ބޭނުންވާ ސާމާނު ހޯދުމާއި، ތ.ވިލިފުށީ ސްކޫލް ޑިޖިޓަލައިޒްކުރުމާއި، ފ.ނިލަންދޫ ހޮސްޕިޓަލް ތަރައްގީކުރުމާއި،ސަރުކާރު ސްކޫލްތަކުގެ ކޮމްޕިއުޓަރު ލެބްތައް ތަރައްގީކުރުމާއި، އުތީމު ގަނޑުވަރުގެ ފުރާޅު ހިމާޔަތްކުރުމުގެ އިތުރުން ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު ތަރައްގީކުރުން އަދި ގއ.ކޮނޑޭގެ މަގުތަކުގައި ބައްތި ހަރުކުރުމުގެ މަޝްރޫއެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ސުބްރަމަންޔަމް ޖައިޝަންކަރުގެ ދައުވަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ނުވަ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި ދަތުރުފުޅުގައި އިންޑިއާއާއެކު ރަސްމީ މަޝްވަރާތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *