ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން މައްސަލައިގައި އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.
އަމާންކަމާއި ސުލްހަ ގެއްލޭ ގޮތަށް ތަކުރާރުކޮށް ހިޔާލުފާޅު ކުރި ކަމުގެ ތުހުމަތުގައި އައްބާސް ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އައްބާސް އަކީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ޕީޕީއެމްގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.
Post Views: 37