ރައީސް ރިނބުދޫގެ ބަނދަރު ހުޅުއްވައިދެއްވައި، ފެނާއި ނަރުދަމާ ނިމުން ފާހަގަކޮށްދެއްވައިފި

313530_47988c05-6_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ރިނބުދުއަށް މިއަދު ވަޑައިގަންނަވައި، އެރަށު ބަނދަރު ހުޅުވައިދެއްވައި، އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ރިނބުދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި ބަނދަރުގައި، ބޮޑުހިލަ ޖަހައިގެން 367 މީޓަރުގެ ބޭރުތޮށި ލުމާއި 82 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ. ރިނބުދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ސަން ސިޔާމް ކެއަރސްއިން އަޅާފައިވާ ޖެޓީވެސް ހުޅުވައިދެއްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ

Leave a Reply

Your email address will not be published. Required fields are marked *