ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ސަރުކާރުން އިމާރާތް ކުރަމުން އަންނަ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށް ނިންމައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކުރި ފްލެޓް ލިސްޓަށް މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އަދި ދާއިމީ ލިސްޓް އިއުލާނުކުރުމުގެ ކުރިން، ވަގުތީ ލިސްޓްގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ މީހުންގެ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ހާލަތާގުޅޭ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކުރުންhttps://t.co/Vxhvida1qP
— Min.of National Planning, Housing & Infrastructure (@MoNPHImv) August 8, 2023
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ހަދަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ. އަދި ފްލެޓަށް އެދި ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.