މިދިޔަ އަހަރަށްވުރެ 2023 ގައި އިގްތިސާދީ ގޮންޖެހުން ބޮޑުވާނެ: އައިއެމްއެފް

International-Monetary-Fund-Financial-risks-need-to-be-balanced-out

ނިމިގެން ދިޔަ އަހަރަށްވުރެ 2023 ގައި ދުނިޔެއަށް ކުރިމަތިވާ އިގްތިސާދީ ގޮންޖެހުން ބޮޑުވާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖިއޭވާ އަންދާޒާކުރައްވާ ގޮތުގައި ދުނިޔޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި މި އަހަރު އޮންނާނީ ރިސެޝަންގައެވެ.

އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާގެ ކުރިއެރުން މަޑުޖެހިފައިވާތީ، ދުނިޔޭގެ އިގްތިސާދުގެ ބޮޑު ބަޔަކަށް މި އަހަރަކީ 2022 ވަނަ އަހަރަށްވުރެ އިގްތިސާދީގޮތުން ތަދު އަހަރަކަށްވާނެކަމަށް ކްރިސްޓަލިނާ ލަފާކުރައްވައެވެ. 

Leave a Reply

Your email address will not be published. Required fields are marked *