ރައީސް އަބަދުވެސް އިސްކުރައްވާނީ ގައުމާއި ރައްޔިތުންގެ ލާބަ: އަމީރު

349980_3_54ccb1cc2a89f3a485d74b20341efd9d60fcfb0d_large

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަބަދުވެސް އިސްކުރައްވާނީ ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައިއެމްއެފް ގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށެވެ.

މީގެއިތުރުން ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *