ގެއްލިގެން ހޯދަމުންދިޔަ އެކަކު ގެސްޓްހައުސްއަކުން ފެނިއްޖެ

324900_3_3511e646f2f896d1a76d9cbd82ebc4bd09e4c267_large

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން ފެނިފައިވަނީ ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްކަމަށެވެ. އަދި އޭނާ ފެނިފައިވަނީ ގެސްޓްހައުސްއަކުން ކަމަށާއި، އޭނާގެ ހަލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ނިޡާމްގެ އިތުރުން ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޢުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ނަމަކަށްކިޔާ މީހެކެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައި ދިޔަ ދެ މީހުން ގެއްލިގެންކަމަށް ބުނެ ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. ހަމަ އެދުވަހު އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް އެ ތެޔޮ ބޯޓު ފެނިފައިވާކަމަށް ފުލުހުންނަށް ވަނީ ޖެނުއަރީ 2 ވަނަ ދުވަހު މަޢުލޫމާތު ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *