ގިރާވަރު ފަޅު އޮކްޓޫބަރުގެ ނިޔަލަށް ހިއްކާ ނިމޭނެ: ބޮސްކާލިސް

b4b0c2e3-326c-407a-a6a3-4805988100fb

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިން ބުނެފިއެވެ.

ގިރާވަރު ފަޅު ހިއްކާ ޕްރޮޖެކްޓް މެނޭޖަރު ހޫގޯ ވޭން ކުއީޖްލް ވިދާޅުވީ، ގިރާވަރު ފަޅުން ހިއްކާ 169 ހެކްޓަރުގެ ބިން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިއްކާ ނިންމާލެވޭނެ ކަމަށާއި، އަދި މަޝްރޫއުގެ މަސައްކަތް މިހާރު ކުރިޔަށް ދަނީ މެދުކެނޑުމެއް ނެތި 24 ގަޑިއިރަށް ކަމަށެވެ.

ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަނުން ތަރައްގީ ކުރާ ގިރާވަރުފަޅުން ބިންވެރިޔާ ސްކީމުގެ ދަށުން ދޭން ނިންމާފައިވާ 5,433 ގޯއްޗަށް ބޭނުންވަނީ 73 ހެކްޓަރުގެ ބިން ކަމަށްވާއިރު، ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ގޮތަށް ދައުރު ނޮވެމްބަރު 11 ގައި ނިމުމުގެ ކުރިން ގޯތި ކަނޑައި،  ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *