އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

img_md_202301110722191673446939.6625

އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ކޮންޓްރޯލްކޮށްފިއެވެ.

އިވްނިންގް ކެފޭގެ ބަދިގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 18:13 ހާއިރު އެމްއެންޑީއެފްއަށް ލިބިފައިވާއިރު، ފަޔާ އެންޑް ރެސްކިއުއިން ވަނީ ވަގުތުން އެޓެންޑްވެ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މި އަލިފާނުގެ ހާދިސާއާ ގުޅިގެން އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ފެތުރުނެވެ. ނަމަވެސް މާބޮޑަށް ނުފެތުރެނީސް އެމްެއެންޑީއެފް އިން ވަނީ އަލިފާން ނިއްވާލާފައެވެ.

މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ބައެއް މީހުން ހޮސްޕިޓަލަށް ގެންދިޔައިރު، މުޅި ސަރަހައްދު ހުސް ކުރިއެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން މީހަކަށް އަނިޔާވިކަން މިހާތަނަށް ކަށަވަރު ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *