އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރެސީ – ރައީސް

320055_57dfc917-5_

އިގްތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރެސީ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ބައިނަލް އަގުވާމީ، ޑިމޮކްރެސީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް ފޮނުއްވައި ދެއްވި ހިތާބުގައި ރައީސް ސޯލިހު ވަނީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާބޮޑުކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ޙައްޤުތަކުން ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެ އުޞޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ޤައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ރައީސް ސޯލިހުގެ ހިޠާބުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި ރައީސްގެ ހިތާބުގައި ވަނީ އެކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ.

މިގޮތުން އެމަނިކުފާނުގެ ހިޠާބުގައި ވިދާޅުވީ، ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ގާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާއިރު ޤަބޫލުކުރަންޖެހޭ ހަގީގަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްގުތަކެއްކަން ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *