ދުނިޔޭގެ އިގްތިސާދީ ދުވެލި މިއަހަރު ރިސެޝަނަކަށް ހިނގައިދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނީ، ދުނިޔޭގެ އިޤްތިޞާދީ ހީނަރުކަމާއި އިންފްލޭޝަން މަތިވުމާއި، އިންޓަރެސްޓް ރޭޓު މަތިވެ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ރިސެޝަނަކަށް ހިނގައިދާނެ ކަމަށެވެ.
ދުނިޔޭގެ ޖީޑީޕީ މި އަހަރު ކުރިއަރާނީ %1.7 އަށް ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާއިރު، އެ ބޭންކުން މީގެކުރިން ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ އިޤްތިޞާދީ ދުވެލި %3.0 އަށް ހަލުއިވާނެއެވެ.
ނަމަވެސް ޔޫރޯ ޒޯނާއި އެމެރިކާގެ މި އަހަރުގެ އިޤްތިސާދީ ދުވެލި ވެސް %0.5 އަށް މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާއިރު، މި ދެ ސަރަހައްދުވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައް ހީނަރުވެފައިވާތީ އަނެއްކާވެސް ރިސެޝަނަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ވޯލްޑް ބޭންކުން އިތުރަށް ވަނީ ބުނެފައެވެ.