މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްރޮޑްކާސްޓިންގް ކޮމިޝަންގެ މެމްބަރަކު މަގާމުން އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ މިއަދުއެވެ.
މި މަގާމަށް އެދި ފޯމު ހުށައެޅޭނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހަށެވެ. މިކަމަށް އެދި ހުށައަޅާ ފޯމް ރައީސް އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
Post Views: 80