ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކަށް މަސައްކަތް ފެށޭނެ ގޮތް އާބަންކޯއިން ހަމަޖައްސައިފި

goathi-dhinun

ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކަށް މަސައްކަތް ފެށޭނެ ގޮތް އާބަންކޯއިން ހަމަޖައްސައިފިއެވެ.

އާބަންކޯއިން ބުނީ، ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ފެށުމަށް އެދެމުންދާތީ، މަސައްކަތްފެށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު ވަނީ އިމާރާތް ކުރުމާއި ގުޅޭ އުސޫލު ވެބްސައިޓުގައި އާންމު ކުރެވިފައިވާ ކަމަށެވެ.

މި އުސޫލުގައި އިމާރާތް ކުރެވޭނެ ފަންގިފިލާގަ އުސްމިނަކީ 6 ފަންގިފިލާ ކަމުގައި ވީނަމަވެސް މި އުސްމިނަށް ބަދަލު އަންނާނެކަން ފާހަގަކޮށް އާބަންކޯއިން ބުނީ، މިހާރު ވެސް އެ ކޯޕަރޭޝަނުން ވަނީ އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާ ގަވައިދު އެކުލަވާލާފައި ކަމަށެވެ.

މީގެއިތުރުން ކަމާބެހޭ ވުޒާރާތަކުން ފާސްކޮށް ގެޒެޓްކުރުމާއެކު 10 ފަންގިފިލާގެ ގަވައިދަށް އަމަލު ކުރެވެން ފަށާނެ ކަމަށާއި، އެހެންކަމުން މިހާރު އެއްވެސް އުސޫލެއް ނެތި މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ،.

Leave a Reply

Your email address will not be published. Required fields are marked *