ލ.ގަމަށް ބަދަލުވި މުންޑޫ/ކަލައިދޫ އާއިލާތަކަށް 50،000ރ އިނާޔަތެއް!

Gan-nw2chderjofzirqkl2k0lu3143tj8ddyzhtmja5pjo

ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާއާ ގުޅިގެން ލ.މުންޑޫ އަދި ލ.ކަލައިދޫ އިން ލ.ގަމަށް ބަދަލުވި އާއިލާތަކަށް 50،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މުންޑޫ އަދި ކަލައިދޫ އިން ގަމަށް ހިޖުރަކުރި އާއިލާތަކަށް ހަމަޖެހިފައިނުވާ އެއް ރަށުން އަނެއް ރަށަށް ބަދަލުވާއިރު ދޭ އެހީ ނުލިބޭ ކަމުގެ ޝަކުވާ އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅާފައިވުމުން، ބަދަލުވި ކޮންމެ ގެއަކަށް 50،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ.

މިގޮތުން ގަމަށް ބަދަލުވި މުންޑޫ އަދި ކަލައިދޫގެ އާއިލާތަކަށް ލިބޭ އިނާޔަތަށް އެދި އޮކްޓޯބަރު 5، އިން ފެށިގެން އޮކްޓޯބަރު 21، ގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް ގަމު ކައުންސިލުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *