އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިންޒާރު ދީފިއެވެ.
އަދާލަތު ޕާޓީން ބުނީ، އެ ޕާޓީގެ ރައީސް ޝައިހް އިމްރާން ގިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް، އިމްރާނާ ދިމާލަށް ނަރީޝް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފައިވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުالله ގިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ޝައިޚް އިމްރާނާ ދިމާލަށް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފި. ރެއިންފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން ޑރ…
— Adhaalath Party (@AdhaalathOffice) September 30, 2023
ރެއިން ފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒުގެ ކެމްޕޭން ޓީމުން ހިންގަމުންދާތީ އެކަން ހުއްޓާލުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.