ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަންނަ އަހަރު އޮޑިޓްކުރަން ނިންމައިފި

Screenshot 2023-10-17 144349

މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަންނަ އަހަރު އޮޑިޓް ކުރުމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ އޮޑިޓް އޮފީހުން ބުނީ، އަންނަ އަހަރު ސްޕެޝަލް އޮޑިޓްގެ ގޮތުގައި، ފްލޯޓިން ސިޓީގެ އޮޑިޓެއް ހިމެނިފައިވާ ކަމަށާއި، އަދި ސްޕެޝަލް އޮޑިޓްތައް ހަދާނީ މަޖިލީހާއި އެނޫން އިދާރާތަކުން ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ފްލޯޓިން ސިޓީގެ އިތުރުން ސްޕެޝަލް އޮޑިޓްގެ ގޮތުގައި ތެލުގެ ސްޓޮކް ބެލެހެއްޓުމާ ގުޅޭ ގޮތުން އެސްޓީއޯ އާއި އެފްއެސްއެމްގެ އޮޑިޓަކާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުގެ އޮޑިޓަކާއި، ޕްރޮކިއުމެންޓް މަސައްކަތްތަކާ ގުޅޭ ގޮތުން ރީޖަނަލް އެއާޕޯޓްސް އޮޑިޓެއް ހިމެނޭ ކަމަށްވެސް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

އަންނަ އަހަރު ޖުމްލަ 346 އޮޑިޓެއް ކުރުމަށް ވަނީ ނިންމައިފައިވާއިރު، އޮޑިޓްތައް ފޯކަސް ކުރާނީ މުޅި ދައުލަތުގެ މާލިއްޔަތު ޑެލިވާ ކުރުމާއި ބޮޑެތި އެންޓިޓީތަކުގެ އޮޑިޓްތައް އަހަރުގެ ތެރޭގައި ނިންމުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *