ރަކީދޫގައި 2008 ވަނަ އަހަރަށްފަހު ކުދިންނަށް ކިޔަވައިދޭން ފަށައިފި

F9CAQ99bQAAD0dr

ވ.ރަކީދޫގައި 2008 ވަނަ އަހަރަށްފަހު ކިޔަވައިދޭން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފަށާފައިވާ ކަމަށާއި، އެ ސްކޫލްގެ ކިޔެވުން ފެށުނީ ތިން ދަރިވަރުންނާއެކު ކަމަށެވެ.

ރާއްޖޭގެ ހަ ރަށެއްގައި މިހާރު ސެޓެލައިޓް ސްކޫލް ޤާއިމްކުރެވިފައިވާއިރު، އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫއެވެ. އަދި ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރަކީދޫގައި 2008 ވަނަ އަހަރު އަހަރު ކިޔަވައިދީފައިވާއިރު، ކިޔެވުން މެދުކަނޑާލަން ޖެހުނީ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *