ރިޔާސަތާ ހަވާލުވެ ނަޝީދުގެ މައްސަލަ އީވާވެސް ހުއްޓުވައިފި!

LcygAYGkVVFyRdNw1oHMbfo8k4VzOIprecyYseAv

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ދެވަނަ ފަހަރަށް އެޖެންޑާ ކުރި ނަމަވެސް، މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.

މިއަދު ހެނދުނު 09:00 ޖެހިއިރު ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ބުނެ މަޖިލީހުން މައްސަލަ ބޭރުކޮށްލާފައެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ އަލުން 11:30 އަށް ތާވަލުކޮށް ކުރިޔަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތާ ގިނަ ދުވަސްތަކެއް ފަހުން ސަލާމުގައި ހުންނެވުމަށްފަހު ހަވާލުވި މަޖިލީހުގެ ނައިބްރައީސް އީވާވެސް ވަނީ ނަޝީދުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ ޖަލްސާ ނިންމާލާފައެވެ. އޭނާ ވިދާޅުވީ، މައްސަލަ ބޭރުކޮށްލާފައި އޮތުމުން އެ މައްސަލަ ދެން އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ 49 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް މި މައްސަލަ ކުރިޔަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސްގެ މެމްބަރުން އެއްބާރުލުން ދީފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *