ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރި ފިނޑިންކުރިމަތީ ބޯތިރި ނުކުރާނަން: މަލީހް

IrMN1S2uhb7B3PQA4ROQS2kpj-750x375

ޕީޕީއެމްގެ ސެނެޓަރުގެ މަގާމުން މުހައްމަދު މަލީހް ޖަމާލް ސަސްޕެންޑުކުރި ސިޓީގައި ސޮއިކުރެއްވި ބޭފުޅުން ސޮއިކުރެއްވީ ވަޒީފާގެ ބިރަށް ކަމަށާއި، އެފަދަ ފިނޑިން ކުރިމަތީގައި ބޯތިރި ނުކުރާނެ ކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި ކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށާއި، އަދި ވަޒީފާގެ އަޅުންނަށްވެ، ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެ ކަމަށެވެ. 

ރޭ ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ކަމަށް ވިދާޅުވެ މަލީހް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން، އެއީ ޕާޓީގެ ސެނެޓާއި ލީޑާޝިޕްގެ ބަހެއް ނެތި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްވާތީ އޭނާ ސަސްޕެންޑު ކުރަން ޕީޕީއެމް އިން ވަނީ ނިންމާފައެވެ. އަދި އޭނާގެ މައްސަލަ ބެލުމަށް ސުލޫކީ ކޮމީޓީއަށް ފޮނުވާފައިވާއިރު، މައްސަލަ ނިމެންދެން ޕާޓީގެ ހަރަކާތެއްގައި ބައިވެރިނުވުމަށްވެސް ވަނީ އަންގާފައެވެ.

މަލީހް ސަސްޕެންޑު ކުރުމަށް ފޮނުއްވި ސިޓީގައި ސޮއިކުރެއްވީ ޕީޕީއެމްގެ ދެ ނައިބްރައީސުން ކަމަށްވާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

Leave a Reply

Your email address will not be published. Required fields are marked *