ވިހެއުމަށްފަހު އެއްލާލި ކުއްޖާގެ މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި

210065_5_a051cb6e88c3302334a52d9588fad09a5f85ef13_large

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަރުވެފައި އޮތް ތުއްތު ކުއްޖާ ދިގުރަށުގެ ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ލިބިފައިވާ ކަމަށާއި، މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން 30 އަހަރުގެ ސްރީލަންކާ އަންހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރު ކުރެވިފައި ކަމަށާއި، އޭނާ ހައްޔަރު ކޮށްފައި ވަނީ ދިގުރަށުން މިއަދު މާލެ އައިސް، ސްރީލަންކާއަށް ފުރަން ގޮސް ހުއްޓައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *