ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަފިޔަވަހީގެ މަސައްކަތް މި ހަފްތާތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.
އާބަންކޯއިން ބުނީ، ހުސްކުރަންޖެހޭ ސަރަހައްދަކީ އެކުލަވާލެވިފައިވާ ޗާޓުގެ ސްޓޭޖް 2، ސައިޓް ބީ ނުވަތަ ފެހި ކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަ ކުރެވިފައިވާ ސަރަހައްދު ކަމަށެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމަށް އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމާއިގުޅޭ. pic.twitter.com/B3WrJtrFnu
— Urbanco (@hdcmaldives) December 19, 2023
މިގޮތުން ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި ކަމަށާއި، އަދި މިކަމާއިގުޅިގެން އިތުރު މައުލޫމާތެއްވާނަމަ މިކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް އާބަންކޯއިން އެދެއެވެ.
މި މަޝްރުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.