މީހުން ވަޅުލުން ވަގުތީ ގޮތުން އާސަހަރާއަށް ބަދަލުކޮށްފި

big_Hjr4Qb6nh7mJUsiF4dfnXqPk9

މާލެ ސަރަހައްދަށް މިދިޔަ ހަފްތާގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހުޅުމާލޭ ސަހަރާގައި ފެންބޮޑުވެ، އަދިވެސް އެއްކޮށް ފެން ނުހިނދޭތީ މީހުން ވަޅުލުމުގެ ކަންކަން ވަގުތީ ގޮތުން އާސަހަރާއަށް ބަދަލުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމަށް ފޫޓަކަށް ކޮނެލުމުންވެސް ފެން އަރަމުން އަންނަ ކަމަށާއި، މިގޮތުން ފެން ހިނދެންދެން މީހުން ވަޅުލުމުގެ ކަންތައް އާސަހަރާގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އާސަހަރާގައި ވަޅުލަމުން އަންނައިރު، މައްޔިތާގެ މޫނު ދެއްކުމުގެ ކަންތައް ކުރިޔަށް ގެންދާނީ ހުޅުމާލޭ ސަހަރާގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އާސަހަރާގައި މީހުން ވަޅުލުމުގެ ކަންކަން ކުރިން ކުރިޔަށް ދިޔަ ނަމަވެސް، އެތަން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބަންދުކުރީ ޖާގަ އިތުރުކޮށް ތަރައްގީ ކުރުމަށެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ އާންމުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *