މަޖިލިސް ކެމްޕޭނަށް ޝާހިދު ތޮއްޑޫ ދާއިރާއަށް ވަޑައިގެންފި

8c1f23b6-0557-4f5a-a4bd-2c2ad0d77b10

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތޮއްޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް،އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު އެދާއިރާއަށް ވަޑައިގެންފިއެވެ. 

މި ދަތުރުފުޅުގައި ޝާހިދު މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ އއ އުކުޅަހަށެވެ.

އުކުޅަހުން ޝާހިދު އަށާއި، އެމްޑީޕީގެ ޓީމަށް މަރުޙަބާ ވިދާޅުވީ ސަމީރުގެ އިތުރުން އުކުޅަސް ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް އަދި ދާއިރާގެ އެމްޑީޕީކެމްޕޭން ޓީމުންނެވެ.

އުކުޅަހަށް ވަޑައިގަތުމަށްފަހު ޝާހިދު އެރަށު ބަނދަރުމަތީގައި އެމްޑީޕީގެ ދިދަ ވަނީ ނަންގަވައިދެއްވާފައެވެ.

މިސްރާބު ހަމަމަގަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ކެމްޕޭން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ޝާހިދު ވަނީ ކެމްޕޭން ޓީމާއެކު މަޝްވަރާކުރައްވާފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *