ޕީއެސްއެމްއިން ބޭއަދަބީ މަންޒަރެއް ގެނެސްދެވުމުން އެކަމަށް މައާފަށް އެދިއްޖެ އެވެ.
މި މައްސަލައިގައި ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެނެސްދިން އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާ ކަމަށާއި އެކަމަކީ ކޮންޓެންޓް ޕޮލިސީއާ އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ސީރިއަށް މައްސަލައެއްކަމަށެވެ.
އެހެންކަމުން މިކަން ހިނގިގޮތް ބަލައި އިހުމާލުވެފައިވާ ދެ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާކަމަށްވެސް ޕީއެސްއެމްއިން ބުނެފައިވެ އެވެ.
މީގެއިތުރުން ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގައި މިހާރު އަމަލުކުރަމުންދާ އެސްއޯޕީތައް އިސްލާހުކޮށް، މި ފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް އޮޮޕަރޭޝަނަލް ކަންކަން ތަރުތީބުކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.
ޕީއެސްއެމްއިން ދެއްކި މަންޒަރެއްގައި ބޭއަދަބީ މަންޒަރެއް ގެނެސްދީފައިވާތީ އެކަމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ފާޑުކިޔާފައިވެ އެވެ.