ގޯތި ވައްކަން ބަލަނިކޮށް އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި

IMG_4745

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހިންގާފައިވާކަމަށް ތުހުމަތުކުރާ ގޯތި ވައްކަމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އެތަނުން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ނަން ލިސްޓުގައި ހިމަނައި އޭނާއަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލައިގައި ފެންމަތިވި ކަންތައްތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، ފަރުކޮޅުގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން 5 ލެޕްޓޮޕެއް ވަގަށްނެގި މައްސަލަ މިއަދު ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ހައްޔަރުގައި ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ގޯތި ވައްކަމުގެ މައްސަލައިގައި ސަރުކާރަށް އަދި ފަޒުލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި މައްސަލައިގައި ފަޒުލް އަދި އޭނަގެ ބޭބެގެ ޕާސްޕޯޓްވެސް އޮތީ ހިފަހައްޓާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *