މާދަމާ 3 ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އިލްތިމާސްކޮށްފި

މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރާ ފަރާތްތަކުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްއިން އެދިއްޖެ އެވެ.

އެމްއޭސީއެލްއިން މިއަދު ބުނެފައިވަނީ ރާއްޖެއިން އުމްރާއަށް ދިޔަ ބައެއް ފަރާތްތައް މާދަމާ އެނބުރި އައުމަށް ހަމަޖެހިފައިވާތީ ވީއައިއޭގައި އާދަޔާ ހިލާފާށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އެއާޕޯޓްގެ މަގުތަކާއި ޓާމިނަލް ސަރަހައްދުތަކުގައި ބޮޑެތި ޓްރެފިކްތައް އުފެދުން އެކަށިގެންވާ ކަމަށާއި އެހެންކަމުން މާދަމާ އެއާޕޯޓުން ފުރާ ފަރާތްތަކުން މަދުވެގެން 3 ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް ވަނީ އެދިފަ އެވެ.

އެމްއޭސީއެލްއިން ވަނީ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށްވެސް އެދިފައިވެ އެވެ. އަދި އެއާޕޯޓް ސަރަހައްދުގައި އުޅޭ ޓެކްސީ ޑްރައިވަރުންވެސް އެއާޕޯޓްގެ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *