އޮޅުވާލައިގެން ތޯރިގް ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް

160898_9e31f9e5-f_

ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ތޯރިގް އޮޅުވާލައިގެން ވެރިކަންކުރާ ޕީއެންސީއަށް ވެއްދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅައިފި އެވެ.

ތޯރިގް ޕީއެންސީއަށް ވެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަމަށްބުނާ ފޯމެއް މީގެކުރިން ތޯރިގް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވިއިރު އެ ފޯމުގައި ވަނީ ތޯރިގްގެ ފޮޓޯ ނޫންކަމާއ އޭގައި ކޮށްފައިވަނި އޭނާގެ ސޮއި ނޫންކަމާއި އަދި ޖަހާފައިވަނީ އޭނާގެ ފިންގަޕްރިންޓް ނޫންކަމަށްވެސް ތޯރިގް ބުނެފައިވެ އެވެ.

މި މައްސަލައިގައި ތޯރިގް މިއަދު ޕޮލިސް ކޮމިޝަނަރަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މި މައްސަލަ އެންމެ ފުރަތަމަ ފުލުހަށް ހުށަހެޅުއްވީ ޑިސެމްބަރު 26 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ އޭނާ ޕީއެންސީއަށް ވެއްދުމަށް ހުށަހަޅާފައިވާ ފޯމު އީސީން ހޯދުމަށް ފަހު އެއާ ވެސް އެކު ކަމަށް ތޯރިގް ވިދާޅުވެފައިވެ އެވެ.

ތޯރިގް އެދިފައިވަނީ އޭނާގެ ނަމުގައި އޮޅުވާލައިގެން ފޯމު ހުށަހަޅައި އޭގައި ޖަހާފައިވަނީ ކާކުގެ ފޮޓޯއެއް ކަމާއި، އޭގައި ސޮއިކޮށް ފިންގަޕްރިންޓު ޖަހާފައިވާ މީހުން ހޯދައިދިނުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *