މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅުމުގައި / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 16 އަދި 20 ވަނަ ދުވަހު އެވެ.

މި ޖަލްސާތަކަކީ އިލެކްޝަންސް ކޮމިޝަން އަދި ބްރޮޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމަށް ބާއްވާ ޖަލްސާތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހު އެވެ.

Leave a Reply

Your email address will not be published. Required fields are marked *