ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 6 ގައި

338893_d4a14d1a-b_

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު 6 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފައިވަނީ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 6 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ނިންމަވައިފައިވާ ކަމަށެވެ. ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށްވެސް މަޖިލީހުން ބުނެފައިވެ އެވެ.

މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާތަކެއް މިމަހު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މަޖިލިސް ގަވައިދުގައި ބުނެފައިވަނީ، ކޮންމެ އަހަރަކު މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *